އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތް ހަތަރު ޓީމާއެކު އިއްޔެ ވަނީ ފަށައިފަ އެވެ.
މުޅި އެކު 6 ބުރު ހިމެނޭހެން ކުރިއަށް ގެންދިޔަ މި މިބުރާތުގައި ހަތަރު ޓީމެއް ވަނީ ވާދަކޮށްފަ އެވެ. އެއީ ސީއެޗްއެސްއީ ހުޅުމާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން ބައިވެރިވި ޓީމްތަކެވެ. މި މުބާރާތުގެ ފައިނަލަށް ހޮވިފައިވަނީ އަހްމަދިއްޔާ އާއި ސީއެޗްއެސްއީގެ ޓީމެވެ. އިގްތިސާދީ އެކިއެކި މައުޟޫތަކާއި ސޯޝިއޯއިކޮނޮމިކް ނުވަތަ އިޖްތިމާއީ އިގްތިސާދީ މައުޟޫތަކަށް އިއްޔެގެ ބަހުސްގައި ބައިވެރިން ވަނީ ވާހަކަ ދައްކައިފަ އެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތަކީ 2025ގައި އެ އޮތޯރިޓީން ފަށާފައިވާ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ތެރެއިން ގެންދެވޭ މި ފަދަ ދެވަނަ މުބާރާތެވެ. މި މުބާރާތުގެ މަގުސަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި އިގްތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެ ކަންކަމާމެދު ފުންކޮށް ވިސްނުމަށް ހިތްވަރުދިނުމުގެ އިތުރުން ވާހަކަދެއްކުމުގެ ހުނަރު ތަރައްގީ ކުރުމެވެ. އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގައި ފައިނަލް އޮންނާނީ 10 ނޮވެންބަރުވާ އަންގާރަ ދުވަހު އެވެ.
ފުލް-ފެޓް ކިރު: ސިއްހަތަށް ފައިދާހުރި އެެއްޗެއްތަ؟
ކުރީގެ ކައުންސިލަރު އައިމަންގެ ބަންދަށް އިތުރު 30 ދުވަސް
