ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އިންޓަނެޓް މެދުވެރިކޮށް އެހެން ދަރިވަރަކަށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދަރިވަރުންތަކެއް ވެގެން އިންޓަނެޓު މެދުވެރިކޮށް ގަނާކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެކަން އިތުރަށް ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އުސޫލުގެ ދަށުން، މައްސަލައިގައި ހިމެނޭ ކުދިންގެ މައުލޫމާތާއި ހާދިސާ ހިންގި ރަށުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފަހަކަށް އައިސް ދަރިވަރުންގެ މެދުގައި މީސްމީޑިއާއާއި އިންޓަނެޓުގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ގަނާކުރުމުގެ އަމަލުތައް ހިންގުން އިތުރުވަމުންދާތީ، ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން އަންނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަދަ މައްސަލަތައް ހުއްޓުވުމަށާއި، ކުދިން އިންޓަނެޓު ބޭނުންކުރާ ގޮތް ރަނގަޅަށް ބެލެހެއްޓުމަށް ބެލެނިވެރިންނަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.