ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަލާއިކާ އަރޯރާ ކާރު އެކްސިޑެންޓެއްވެ އެޑްމިޓް ކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި މަލާއިކާގެ ކާރު އެކްސިޑެންޓްވީ އޭނާ ޕޫނޭގައި އޮތް ފެޝަން އިވެންޓެއްގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެކްސިޑެންޓާ ގުޅިގެން މަލާއިކާއަށް ކުދި އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށާއި، މަޑުމަޑުން އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން މަލާއިކާގެ ދައްތަ އަމްރިތާ އަރޯރާ ބުނީ މަލާއިކާގެ ހާލު ރަނގަޅުވި ނަމަވެސް އޭނާ ވަކި ދުވަހެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަން ޖެހޭ ކަމަށެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އަމްރިތާ ބުންޏެވެ.
މަލާއިކާ އެކްސިޑެންޓްވި ކާރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭނާ ދަތުރުކުރި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަން ފޮޓޯތަކުން ފެނެ އެވެ. މިކަމާ ގުޅިގެން މިހާތަނަށް މަލާއިކާގެ ލޯބިވެރިޔާ އަރްޖުން ކަޕޫރް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.