ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ސިދްހާރްތް މަލްހޯތްރާ އާއި ކިއާރާ އަދްވާނީ ވަކިވުމާ ގުޅިގެން އެދެމީހުން އަލުން ގުޅުވަން ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު މަސައްކަތް ކުރިކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރަން ވަނީ ކިއާރާ އާއި ސިދާތުގެ ޖޯޑަކީ އޭނާއަށް ވަރަށް ލޯބި ޖޯޑެއްކަން ފާހަގަކޮށްފަ އެވެ. ހަމައެހެންމެ އެ ދެތަރިންނާއި ވެސް އޭނާއާ އެކު ގުޅުން ގާތް ވާނެކަމަށާއި، ދެމީހުން ވަކިވުމުގެ ހަބަރު އިވުމުން ކަރަން އެކަމާއި ހިތާމަ ފާޅުކުރިކަމަށް އޭނާ ބުނެފައިވެ އެވެ.

ކަރަން އިތުރަށް ބުނީ، އޭނާ އެ ދެމީހުންނާއި ވެސް ވާހަކަ ދައްކައިގެން އަލުން ދެމީހުންގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

ސިދްހާރްތް އާއި ކިއާރާ، އެދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ މިހާތަނަށް އާންމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެފަންނާނުން ވެސް އެ ދެފަންނާނުންގެ ގުޅުމުގެ ވާހަކަތައް އިންކާރުކޮށްފައެއް ވެސް ނުވެ އެވެ.

ކިއާރާ އާއި ސިދާތުގެ ލޯބި ނިމުމަކަށް އައުމުން އާންމުންވެސް އެކަމާއި ނުރުހުން ފާޅުކޮށްފައިވެ އެވެ.

އެދެމީހުންގެ ގުޅުމާ ގުޅޭގޮތުން މީގެ ކުރިން ސިދާރްތް ބުނެފައިވަނީ ދެފަންނާނުންނަކީ ވެސް ފިލްމު އިންޑަސްޓްރީގެ ބޭރުން ހާއްސަ ގުޅުމެއް ގެންގުޅޭ ދެ ފަންނާނުން ކަމަށެވެ.