މާލޭ ސަރަހައްދުގައި އިމާރާތްކުރި އެންމެ ޖާގަ ތަނަވަސް ފަސް ތަރީގެ ހޮޓާ "މެންހަޓަން ގްރޭންޑް ހޮޓެލް" ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
މި ހޮޓަލަކީ ފަސް ތަރީގެ ފެންވަރުގައި މަތީ ފަންތީގެ ހިދުމަތްތަކާއެކު ތަރައްގީކޮށްފައިވާ ހޮޓަލެކެވެ. އެ ހޮޓަލުގައި 162 ކޮޓަރިއާއި، އެކި ބާވަތްތަކުގެ ކެއުންތަކަށް ހާއްސަ 4 ރެސްޓޯރެންޓުގެ އިތުރަށް، ހަފުލާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ހަތަރު މާލަން ހުރެ އެވެ.
މީގެ އިތުރުން، އިވެންޓުތައް ބޭއްވުމަށް ހާއްސަ މާލަންތަކުގެ އިތުރުން ޖިމާއި، ސްޕާ އަދި ފަތާ ފެންގަނޑެއްވެސް މި ހޮޓަލުގައި ވަނީ ގާއިމުކޮށްފައެވެ. މި ހޮޓާ ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށެވެ.
މި ހޮޓަލުގެ މަސައްކަތަކީ މީގެ 20 އަހަރު ކުރިން އެސްޓީއޯއިން ފެށި މަސައްކަތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމަށްފަހު، މި ސަރުކާރުން ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ހޮޓަލުގެ މަސައްކަތް ނިންމުމަށް މަގުފަހިކޮށްދީފަ އެވެ.
އެ މަސައްކަތް ކުރިއަށްގެންދިޔައީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ މި ހޮޓަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 10 ވަރަކަށް މިނިޓު ތެރޭގައި ދެވޭހާ ކައިރީގައި ހުންނަ ހޮޓަލެކެވެ.
މިހާރުގެ އެކްޓަރުންނަށް ފަރާ ޚާން ވަރަށް ބޮޑަށް ފާޑުކިޔައިފި
އީރާނުގެ ނިއުކްލިއާ މައުލޫމާތު ދޭނަމަ އެމެރިކާއިން ބޮޑު އިނާމެއް
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފި
