އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން މުވައްޒަފުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު، ފަހު ވަގުތު 11 މުވައްޒަފަކު ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ދިޔައިރު، ފެނަކައިގެ މުވައްޒަފުން ސްޓެލްކޯގެ ވަޒީފާތަކަށް ބަދަލުކޮށް ކޮންޓްރެކްޓް ދޭނެ ކަމުގެ ޔަގީންކަން ކުރިން އޮތީ ދީފަ އެވެ. ނަމަވެސް މަސައްކަތްތައް އެއްކޮށް ބަދަލުކޮށް ނިމުމާއެކު، ފެނަކައިގެ ރިޑަންޑަންސީ އުސޫލުގެ ދަށުން ކަމަށް ބުނެ 11 މުވައްޒަފަކު ވަނީ ވަކިކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން ވަކިކުރި މުވައްޒަފަކު މައުލޫމާތު ދެމުން ބުނީ، ވަޒީފާ ދަމަހައްޓައިދޭނެ ކަމަށް ބުނެ ވަކިކުރުމުގެ ކުރިން، އެ ބްރާންޗުގެ ހުރިހާ މުވައްޒަފުން ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ވެސް ކުރުވި ކަމަށެވެ. އަދި ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެ ބްރާންޗުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުން ހިމެނޭއިރު، އޭގެ ތެރެއިން ގިނައީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ކަމަށް އެ މީހާ މައުލޫމާތު ދިނެވެ.
މަހިބަދޫ ފެނަކަ ބްރާންޗުގައި ޖުމްލަ 26 މުވައްޒަފުން މަސައްކަތް ކުރަމުންދިޔައިރު، ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައި ވަނީ 15 މުވައްޒަފުންނެވެ. އެނގިފައިވާ ގޮތުގައި ސްޓެލްކޯއަށް ބަދަލުކުރި މުވައްޒަފުންގެ ތެރޭގައި ގިނައީ ޕީއެންސީއަށް ތާއީދުކުރާ މީހުންނެވެ. އަދި މަހިބަދޫގައި ފެނަކައިން ކުރިން ދެމުން އައީ ނަރުދަމާގެ ހިދުމަތް އެކަންޏެވެ.
އާރުޑީސީން 55 ޕަސެންޓް މުވައްޒަފުން ނެގީ އިއުލާނު ނުކޮށް: އޮޑިޓް
ކުރީގެ ކައުންސިލަރު އައިމަންގެ ބަންދަށް އިތުރު 30 ދުވަސް
20 އަހަރަށްފަހު މަންހަޓަން ގްރޭންޑް ހޮޓަލް ހުޅުވައިފި