ހޮންގްކޮންގްއަށް އަންނަ ފަތުުރުވެރިންގެ މެދުގައި މަަގުބޫލު މަންޒިލެއް ކަމަށްވާ ޖަމްބޯ ފްލޯޓިން ރެސްޓޯރެންޓް އެންމެ ފަހުން ފައްތާލައިފި އެވެ.

ދެކުނު ޗައިނާ ކަނޑުގެ ފެން މަތީގައި ހަދާފައިވާ މި ރެސްޓޯރެންޓަކީ އެއް އިރެއްގައި ނަން މަޝްހޫރު ތަނަކަށް ވި ނަމަވެސް ފަހަކަށް އައިސް މިތަނަށް ވަނީ މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

މި ރެސްޓޯރެންޓް ހިންގަމުން އަންނަ ކުންފުނިން ބުނީ ރެސްޓޯރެންޓް އަޑިއަށް ގޮސްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ދިޔަވަރު ބޮޑުވެ މޫސުން ގޯސްވި ވަގުތެއްގައި ކަމަށެވެ.

ރެސްޓޯރެންޓް ހަދާފައިވާ އޮތް ސަރަހައްދުގެ ފުން މިނުގައި 100 މީޓަރުހުރުމާއެކު ހިއްކުމުގެ މަސައްކަތުގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮވިޑް 19ގެ ސަބަބުން ކަމަށް ބުނެ 2020 ވަނަ އަހަރު ރެސްޓޯރެންޓް ބަންދުކޮށްފައިވާއިރު އެތަން ބެލެހެއްޓުމަށްޓަކައި އޭގެ ފަހުން ވެސް ގިނަ ހަރަދުތަކެއް ހިނގާފައިވެ އެވެ. މިދިޔަ އަހަރު އެތަން ހިންގުމުގެ ލައިސަންސް ވެސް ވަނީ މުއްދަތު ހަމަވެފަ އެވެ.

1976 ވަނަ އަހަރު ހުޅުވައިގެން ހިންގަމުން އައި ޖަމްބޯ ފްލޯޓިން ރެސްޓޯރެންޓްއަށް އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ފަދަ މަޝްހޫރު ޝަހްސިއްޔަތުތައް ވެސް ޒިޔާރަތް ކޮށްފައިވެ އެވެ.

މިއާއެކު ހޮންގްކޮންގްގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފްލޯޓިން ތަންތަނުގެ ސަލާމަތާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.