ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހއްދުތަކަށްކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފި އެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފަ އެވެ.
އެފަހުން ސްޓެލްކޯއިން ދެންމެ ބުނީ މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ. އަދި އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ ކޮންޓެކްޓް ސެންޓަރު 1545 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
"މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.
މީގެ ކުރިން ވެސް މާލެ ސަރަހައްދުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ އެކި ފަހަރު ވަނީ ކުރިމަތިވެފަ އެވެ. ބައެއް ފަހަރު މަގު ކޮނުމުގެ ސަބަބުން ކަރަންޓު ކޭބަލެއް ބުރިވެގެން ވެސް ގިނަ އިރުތަކަކަށް ކަރަންޓު ކެނޑުނު މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ.
ކުލި ނުދައްކާތީ ހުޅުމާލޭ ރިވެލި ރެސްޓޯރަންޓް ހުރި ބިން އަތުލައިފި
ޝާހިދު ހައްޔަރުކުރި ކަމުގެ އަޑުތައް ފެތުރެން ފަށައިފި
އަބުރުކަތިލަން ފަތުރަނީ ދޮގު ވާހަކަތަކެއް: ޝާހިދު