މިހާރު ފޯކަސްކުރަނީ ފިލްމީ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ކަމަށާއި އަދި ކައިވެންޏަކާ ދޭތެރޭގައި ނުވިސްނާ ކަމަށް އެކްޓަރު އަރުޖުން ކަޕޫރު ބުނެފި އެވެ.

އަރުޖުން މިހެން ބުނެފައިވާއިރު ބޮލީވުޑްގެ ބަތަލާ މަލިކާ އަރޯރާ އާއި އޭނާ ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ވާހަކައަކީ މިޑިއާގައި ދޭތެރެއަކުން ދައްކާ ވާހަކަތަކެވެ.

މި ވާހަކަތަކާ ގުޅޭ ގޮތުން ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދޭ "ކޮފީ ވިތު ކަރަން" ސީޒަން 7 ގައި ބައިވެރިވެ އަރުޖުން ވަނީ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އަރުޖުން މިސޯގައި ބައިވެރިވެފައި ވަނީ ދެބެއިންގެ ދެދަރި ސޯނަމް ކަޕޫރާ އެކު އެވެ. މި ޝޯގައި ކައިވެންޏާ ބެހޭ ގޮތުން ކަރަން ޖޯހަރު ކުރި ސުވާލަށް އަރުޖުން ބުނީ އޭނާ އާއި މަލައިކާގެ ގުޅުން ސީރިއަސް ނަމަވެސް އަދި ކައިވެންޏާ ދޭތެރޭ ނުވިސްނާ ކަމަށެވެ. އަދި މިހާރު އޭނާ ފޯކަސް ކުރަން ބޭނުންވަނީ މިދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ކަމަށް ވެސް ކަރުޖުން ބުންޏެވެ.

"ނޫން. އެކީގައި އުޅޭތާ ދެ އަހަރު ވެއްޖެ. އަހަރެން ބޭނުންވީ އަހަރެންގެ ކެރިއަރަށް ފޯކަސް ކުރަން. އަހަރެން މީ ވަރަށް ރިއަލިސްޓިކް މީހެއް ކަރަން، އެއީ އެއްވެސް ކަމެއް ފޮރުވަން ޖެހޭ ކަހަލަ ކަމެއް ނޫން،" އަރުޖުން ބުންޏެވެ.

https://www.instagram.com/p/CfobmvyINsV/?utm_source=ig_embed&ig_rid=58dd4cd5-6cc8-421e-87e2-f3eff7b870de

ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅު ބުނީ އޭނާ ރައްޓެހިވެގެން އުޅެނީ ކުރިން ކައިވެންޏެއްކޮށް، ދަރިޔަކު ވެސް ހުރި މީހަކާ ކަމަށްވާތީ އެފަދަ ގުޅުމަކަށް ބޭނުންވާ ކަންކަން އަމިއްލައަށް ވެސް އިހުސާސްވާ ކަމަށެވެ. ސަބަބަކީ އޭނާ ވެސް ބޮޑުވީ އެ ކަހަލަ އާއިލާއެއްގެ ތެރޭގައި ކަމަށްވުން ކަމަށް އަރުޖުން ބުންޏެވެ.

އަރުޖުންގެ ބައްޕަ ބޯނީ، މަޝްހޫރު ބަތަލާ ސްރީދޭވީއާ ކައިވެނިކުރީ މަންމަ މޯނާ ކަޕޫރާއި މުޅި އާއިލާގެ ވެސް ރުހުމެއް ނެތި އެވެ. އޭގެ ސަބަބުން އާއިލީ ގުޅުމަށް ވީ ގޮތް އަމިއްލަ އަށް އިހުސާސްކުރެވޭ ކަމަށް އޭނާ ބުންޏެވެ. ސްރީދޭވީ އާއި ބޯނީއަށް ލިބިފައިވާ ދެ ކުދިންނަކީ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރެވެ. އަރުޖުންއާ އެއްބަނޑު އެއްބަފާ ހުންނަނީ އަންޝުލާ ކަޕޫރެވެ.

https://www.instagram.com/p/ChCCuJ_oL2R/?utm_source=ig_embed&ig_rid=feb7db63-8291-4e0e-847c-3294b6049271

ބައްޕަ ދެވަނަ ކައިވެންޏެއް ކުރުމުން ވަރަށް ފަހަކާ ޖެހެންދެން ބޯނީ އާއި އަދި ސްރީދޭވީގެ ދަރިންނާއި އަރުޖުންއާ އެހާ ބޮޑު ގާތްކަމެއް ވެސް ނެތެވެ. އެ ގުޅުން ބަދަހިވާން ފެށީ 2018 ގައި ސްރީދޭވީ މަރުވި ފަހުންނެވެ. އަރުޖުންގެ މަންމަ މަރުވީ 2012 ގަ އެވެ.

އަރުޖުން ބުނި ގޮތުގައި މަލައިކާއާ ރައްޓެހިވުމުގެ ކުރިން އޭނަގެ ދަރިފުޅު އަރުހާން ޚާނާ ދޭތެރޭ ވެސް ވަރަށް ވިސްނި އެވެ. ސަބަބަކީ އެ ކުއްޖާ އޭނައަށް ދިމާވި ފަދަ ހާލަތެއްގައި ހުރި ކުއްޖަކަށްވުމެވެ. އަރުހާން، 19، ގެ ބައްޕަ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާނެވެ.

މަލައިކާ އާއި އަރުބާޒް 1998 ގައި ކުރި ކައިވެނި ރޫޅާލީ 2017 ގަ އެވެ.

37 އަހަރުގެ އަރުޖުން 47 އަހަރުގެ މަލައިކާ އާއި ރައްޓަހިވުމުން ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެގެން ދިޔަ އެވެ.