ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި މ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ސޯލިހު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އެ ތޮޅުގެ ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދަރުތުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- -ރަތްމަންދޫ
- މަޑުއްވަރި
- ދިއްގަރު
- ވޭވަށް
- މުލި
މިއުވާން ވިދާޅުވީ މިދަތުރުފުޅުގައި މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަނިކުފާނު ބައްލަވާލައްވާނެ ކަމަށެވެ އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
61 އަހަރުގައި އާމިރު ކުރި ކައިވެނީގެ ބައެއް ސިއްރުތައް!
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
ޔަމާލްގެ ޖާޒީ ކިޓުގައި އިތުރު ދެ ގައުމެއްގެ ދިދަ، ސަބަބަކީ ކޮބާ؟