ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ނެރުނު "އާޝިގީ" އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ. އަދި މިފިލްމުގެ ދެ ވަނަ ބަޔަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. މިހާރު އަނެއްކާވެސް މިދުވަސްވަރު މިވަނީ "އާޝިގީ 3" ގެ އަޑު ގަދަވެފަ އެވެ.

ކުރީގެ ދެ ފިލްމުގެ ކާމިޔާބީއަށް ފަހު މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން "އާޝިގީ 3" އުފެއްދުމަށް ނިންމާ، މިފިލްމުގެ ލީޑު ފިރިހެން ތަރިއަކަށް މިހާރު އެންމެ ޑިމާންޓް ބޮޑު އެއް ތަރިން ކާތިކް އާރިޔަން ވަނީ ހަމަޖައްސައިފަ އެވެ. މިފަހަރުގެ ފިލްމު ޑައިރެކްޓްކުރަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ އަނޫރާގު ބާސޫ އެވެ.

ދާދި ފަހުން އިންސްޓަގްރާމްގައި ކާތިކް އާރިއަން ޝެއާކުރި ޕޯސްޓަކާ ގުޅިގެން "އާޝިގީ 3" ގެ ބަތަލާއަކީ ތެލުގޫ ފިލްމު، "ޕުޝްޕާ"ގެ ތަރި ރަޝްމިކާ މަންދަންނާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

https://www.instagram.com/p/CihDTueNtuG/

"ޕްޝްޕާ"ގެ ކާމިޔާބީއަށް ފަހު ރަޝްމިކާއަށް ގިނަ ފިލްމުތަކެއް އަންނަނީ ލިބެމުންނެވެ. އަދި އޭނާގެ މަގުބޫލުކަން ވަނީ ބޮލީވުޑްގައިވެސް އިތުރުވެފަ އެވެ.

"އާޝިގީ 3"ގެ ބަތަލަކީ ކޮބައިކަން އިއުލާންކުރުން ފިޔަވައި އޭގެ އިތުރު އެއްވެސް ތަފުސީލެއް ފިލްމުގެ ޓީމަކުން ނުދެ އެވެ. އަދި އެ ފިލްމުގެ ބަތަލާއަކީ ކޮބައިކަން ޓީމުން އަދި ހާމަކޮށްފައިނުވެ އެވެ.

އާޝިގީ އަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި އާޝިގީގެ ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. އަދި 2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައިން ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ.