މި ހަފުތާގެ ބަންދާ ދިމާކޮށް ކުރިއަށް އޮތް ހަތަރު ދުވަހުގެ ޗުއްޓީ ފެށޭއިރު، ރާއްޖޭގެ މޫސުން އަލިވެ، ކަނޑުތައް މަޑުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
އިއްޔެއިން ފެށިގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް މާދަމާއިން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މެޓުން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މިގޮތުން އުތުރުގެ އަތޮޅުތަކަށް މާބޮޑަށް ވައިގަދަ ނުވި ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި އާންމު ގޮތެއްގައި ވައި ބާރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެހެން ނަމަވެސް، މި ވިއްސާރަ އަންނަ ބުދަ ދުވަހުން ފެށިގެން އަލިވާން ފަށާނެ ކަމަށް މެޓުން ބުނެ އެވެ. އަދި ބުރާސްފަތި ދުވަހަށް ދާއިރު ކަނޑުތައް ވެސް މިހާރަށް ވުރެ ބޮޑަށް މަޑުވެ، ދަތުރުފަތުރު ކުރުމަށް އޮތް ފުރުސަތު ބޮޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
އަންނަ ބުދަ ދުވަހަކީ ޖުމްހޫރީ ދުވަސް ކަމަށް ވުމާއެކު، ސަރުކާރުން ވަނީ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. ހަފުތާ ބަންދާއެކު ލިބޭ ހަތަރު ދުވަހުގެ މި ދިގު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ދަތުރުކުރުމަށް ރާވަމުން އަންނައިރު، މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވުމަކީ ދަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ފުލް-ފެޓް ކިރު: ސިއްހަތަށް ފައިދާހުރި އެެއްޗެއްތަ؟
ފުރަތަމަ ފަހަރު ވެސް "މޫން"އަށް ބޮޑު ކާމިޔާބެއް!
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރަން ޝާކިރުގެ ސިޓީއެއް