ރާއްޖޭގައި އަލަށް ދޭންފެށި މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގެ ބެސްޓް ރިސޯޓްގެ އެވޯޑު ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ލިބިއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ ފަތުރުވެރިކަމުގެ ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް އެވޯޑް ދީފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހު ޝަރަފުވެރިކޮށްދެއްވި އެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކަކުން ބައިވެރިވިއެވެ.
އެ ޖަލްސާގައި ރައީސް ސޯލިހު ވަނީ 6 އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. އެއީ:ބެސްޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތީރަށްބެސްޓް ގެސްޓްހައުސް: ސަބާ ސަމާ ސުއިޓްބެސްޓް ސަފާރީ ވެސަލް: ގުރަހަލި ސަފާރީ ބޯޓްބެސްޓް ޓްރެވެލް އެޖެންސީ: އިންޓުއާ މޯލްޑިވްސްބެސްޓް ވޯޓާ ސްޕޯޓް ސެންޓަރު: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑްމީގެއިތުރުން ބެސްޓް ޑައިވް ސެންޓަރު: ރަސްދޫ ޑައިވާސް ކުރަމަތި
އެ ޖަލްސާގައި ނައިބު ރައީސް ވެސް ވަނީ 21 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ:
ޕްރޮމޯޓިން ލޯކަލް ޑީޖޭ: ކޮންރަޑް މޯލްޑިވްސް
ޕްރޮމޯޓިން ލޯކަލް މިއުޒީޝަން: ހާޑްރޮކް ހޮޓެލް
ޕްރޮމޯޓިން ލޯކަލް ޕާފޯމާސް: ގިނަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
ޕްރޮމޯޓިން ލޯކަލް ޕާފޯމާސް: ރީތިބީޗް ރިސޯޓް
ޔޫޓިލައިޒޭޝަން ލޯކަލް ޕްރޮޑަކްޓް: ސްޓޭންޑާޑް ހުޅަވަޅި މޯލްޑިވްސް
ބެސްޓް ސްޓާފް އެކޮމޮޑޭޝަން: ޖޯލި މުރަމެންދޫ
ބެސްޓް ސްޓާފް ޑައިނިން: ކުރުނބާ މޯލްޑިވްސް
އެންޕްލޯއީ ހެލްތް ކެއާ އަދި އެކްސެލެންސް އިން ސްޓާފް ރިކްރިއޭޝަން: ވަން އެންޑް އޮންލީ ރީތިރަށް
ހަޔަސްޓް ނަންބަރު ފީމޭލް އެންޕްލޯއީ: ޖޯލި މޯލްޑިވްސް
އެންމެ ގިނަ ދިވެހި މުވައްޒަފުން އުޅޭ ރިސޯޓް: ބަނޑޮސް މޯލްޑިވްސްސޭ
ފަސްޓް ވޯކްފްލޭސް: ސައިލެގޫން ކްރޮސްރޯޑް
ކެރިއާ ޑިވެލޮޕްމަންޓް: ކޮންސްޓެންޓް ހަލަވެލި
ބެސްޓް ސްޓާފް ޑައިނިން އެކްސްޕީރިއަންސް، އެންޕްލޯއީ ހެލްތް ކެއަރ އަދި އެކްސެލެންސް ސްޓާފް ރިކްރިއޭޝަން: ސަމާ ސުއިޓް
ހަޔަސްޓް މޯލްޑިވިއަން އެންޕްލޯޔާސް: އައިލެންޑް ލަގްޒަރީ ފުޅަދޫސޭފެންސް ވޯކްޕްލޭސް: އިތާދިގުރަށްބެސްޓް ޑައިނިން: މޯލްޑިވްސް އެކްސްޕްލޯރާ
ސޭފަސްޓް ވޯކްޕްލޭސް: ގުރަހަލި ސަފާރީ ބޯޓް