ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މެގްނާ ގުލްޒާރު ގެނެސްދޭ، އާ ކްރައިމް ތުރިލާ ފިލްމު "ޑާއެރާ" ގެ އިންތިޒާރު ކުރެވުނު ފުރަތަމަ ޓްރެއިލާ އާންމު ކޮށްފި އެވެ.
ތަފާތު މޮޅު ފިލްމުތަކެއް އުފައްދާފައިވާ މެގްނާގެ މި ފިލްމުން ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ހާންއާއި މަލަޔާލަމް ސިނަމާގެ މަޝްހޫރު ތަރި ޕްރިތުވީރާޖް ސުކުމަރާން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާނެ އެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީ ގާނޫނާއި، އަދުލު އިންސާފާއި އަދި މޯރަލިޓީގެ މެދުގައި އޮންނަ ނާޒުކު ރޮނގު ދައްކުވައިދޭ ވަރުގަދަ ފިލްމެކެވެ.
މި ފިލްމުގައި ކަރީނާ ފެނިގެންދަނީ ގާނޫނީ އިމުގެ ތެރެއިން ވަރަށް ބޮޑަށް ހަރުދަނާކޮށް މަސައްކަތްކުރާ ޑީ.ސީ.ޕީ. އަޖޫނީ ކޮލީގެ ރޯލުންނެވެ. ޕްރިތްވިރާޖް ސުކުމަރާން ކުޅެފައިވަނީ ޑީ.ސީ.ޕީ. ރަމަން ކުމާރުގެ ރޯލެވެ.
ފިލްމުގެ ވާހަކަ ފެށިގެންދަނީ ރަޙުމުކުޑަ ޖަރީމާއަކަށްފަހު، ގައުމީ ފެންވަރުގައި ބޮޑު ނުރުހުމާއި ރުޅިވެރިކަން އުފެދޭ މައްސަލަ އަކުންނެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، ކުށްވެރިންނާ މެދު ފިޔަވަޅު އެޅުމުގައި މި ދެ ފުލުހުން ގެންގުޅޭ އުސޫލު ތަފާތުވުމުގެ ސަބަބުން އެއް ނިޒާމެއްގެ ދެ ފަރާތުގައި ތިބެގެން އެކަކު އަނެކަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހެ އެވެ. އަޖޫނީ ގާނޫނީ ވައްޓަފާޅިއާއި ހުދޫދުތަކު ހިފަހައްޓާއިރު، ރަމަންގެ ވިސްނުން މިއާ މުޅިން ތަފާތެވެ.
މި ފިލްމަކީ ކަޅާއި ހުދުގެ އިންތަކުގައި ފަސޭހައިން ބެހެވިގެންނުދާ، އިންސާފުގެ އަނދިރި އަދި މުހިންމު ސަރަޙައްދުތައް ދައްކުވައިދޭނެ ފިލްމެއް ކަމަށް ޑައިރެކްޓަރު މެގްނާ ބުނެފައިވެ އެވެ.
ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކޮށްފައިވާ "ޑާއެރާ" ސިނަމާތަކަށް އައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
މިދިޔަ މަހު ޓޫރިޒަމަށް 2.1 ޕަސެންޓްގެ ކުރިއެރުމެއް
މީހަކު މެރުމުގެ ދައުވާ ލިބޭ ދެ މީހަކު ބަންދު ދޫކުރަން އެދެފި
"ޑިޖިޓަލް ޑީޓޮކްސް"އަކުން ސިކުނޑިއަށް ވަނީ ކިހިނެއްކަން އެނގޭތަ؟