މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ތައާރަފްކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން މުދައްރިސުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މި ޑިސްކައުންޓަކީ މުޅި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ލިބޭނެ ޑިސްކައުންޓެއް ކަމަށާއި މިއީ އެއް ދުވަހަށް ކަނޑައެޅިފައިވާ ޑިސްކައުންޓެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މިއީ އެސްޓީއޯއިން ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ މުދައްރިސުންނަށް ދޭނެ ޑިސްކައުންޓެއް،" އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން އަބަދުވެސް ގަބޫލްކުރަނީ މުދައްރިސުންނަކީ ގައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދަޢުރެއް އަދާކުރާ ބައެއް ކަމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަށް އިސްކަންދޭ ކަމަށެވެ.
"އެހެންނަމަވެސް، މުދައްރިސުން ކުރައްވާ ބިޔަ، ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ފަސޭހަކަމެއްނޫން،" އެސްޓީއޯއިން ބުންޏެވެ.
"އެސްޓީއޯގެ މި ހަދިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ކަމުދާނެކަމަށް އުންމީދުކުރަން."
ހެޔޮކޮށް އެވިދާޅުވީ....އެކަން ކުރެވޭނީ ފުރަތަމަ ސުކޫލް ތަކުގައި ޑިސިޕްލިން ސުޕަވައިޒަރެއް ހަމަ ޖައްސަވާ.ދުރޫސުލް އަޚުލާގު ފަށްޓަވާ....އަދި ބޮޑެތި މީހުންގެ ދަރިންނާއި އާދައިގެ މީހުންގެ ދަރިން ތަފާތު ނުކުރައްވާ..ޑިސިޕްލިންގެ ކަންތަކުގައި އެޑިޔުކޭޝަނުގެ ގަވާޢިދުގެ ތެރެއިން އެޅޭ ފިޔަވަޅު ތަކުގެ ތެރެއަށް އެޑިޔުކޭޝަނުން ނުވަންނަވާ...ޕްރިންސިޕަލުންނަށް އިޚުތިޔާރުތައް ދެއްވާ. އެއްވެސް ޕްރިންސިޕަލަކު ކުއްޖަކު ސްކޫލުން ވަކިކުރާކަށް ބޭނުމެއް ނުވާނެ.ރަނގަޅު ކުރަން ބޭނުންވާނީ.ކެނޑެން ވެސް ޖެހޭނެ.ނޫސް މިނުޖެހ
ސޭންޕޫ ފުޅިއަކާޗޮކްލެޓް ، ވިއްކާފަ ހުރި ސެންޓް ކައުންޓަރު ތަކުން ސެންޓް ފުޅިއެއް . ނަންހުސްކޮއް މުދާއޮތް ތަނަކުން އެއްފުޅިން ޖަހާފަ ފަހަތް ހުސްކޮއްބާއްވާކައުންޓަރ ތައް ފުރާލާފަ . ހެދިކާ ކުޅިކާޖާ ވިއްކައިގެން ހިފަހައްޓާލަނީ . ހަދިޔާ ނުކިޔާ އަގައޭކިޔާބަަ . ލަދުގަންނަށްވެސް ނޭގެނީ . ކޮލިޓީ ދައް އިލެކްޓްރިކް ސާމާނު . 1 އަހަރަށް ގެރެންޑީދޭއިރު ރިޕެއަރ ކުރަން އަހަރަކު 3 ފަހަރު .