މެދުއިރުމައްޗާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ "ފިފްތު ފްލީޓް" ގެ މައި ސަޕްލައި އަދި ލޮޖިސްޓިކްސް ހަބް ފޯޅަވައްސަށް (ޑިއޭގޯ ގާސިއާ) ބަދަލުކޮށްފި އެވެ.
މި ބަދަލު ގެންނަން ޖެހުނީ ބަހްރައިނުގެ ވެރިރަށް މަނާމާގައި ހުރި ފިފްތު ފްލީޓްގެ ހެޑްކުއާޓަރަށާއި ލޮޖިސްޓިކްސް މަރުކަޒަށް އީރާނުން ދިން ވަރުގަދަ ހަމަލާތަކެއްގައި އެ ތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެންނެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާ އަދި އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުން، އޭގެ ބަދަލުހިފުމުގެ ގޮތުން މިދިޔަ ފެބްރުއަރީ މަހު އީރާނުން ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބަހްރައިނުގައި ހުންނަ އެމެރިކާގެ މަރުކަޒަށް ހަމަލާދީފަ އެވެ.
މި ހަމަލާއަށް ފަހު އެމެރިކާގެ ޕެންޓަގަން އިން ފުރަތަމަ ބުނީ އެއްވެސް މީހަކު މަރުނުވާ ކަމަށާއި ބޮޑު ގެއްލުމެއް ވެސް ނުލިބޭ ކަމަށެވެ. ނަމަވެސް، މަސްތަކެއް ފަހުން މިހާރު ކަށަވަރުވެފައިވާ ގޮތުގައި، އެ މަރުކަޒު ވަނީ އަލުން މަރާމާތުކޮށްގެން ވެސް ވަގުތުން ބޭނުންނުކުރެވޭ ވަރަށް ސުންނާފަތިވެފަ އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ އިސް އޮފިސަރު އެޑްމިރަލް ޑެރީލް ކޯޑުލް ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި މަނާމާގެ މަރުކަޒަށް އެނބުރި ދެވިދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެކަމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.
މި ހަމަލާގެ ސަބަބުން ސްޓްރެޓީޖިކް ގޮތުންނާއި އަސްކަރީ ގޮތުން އެމެރިކާއަށް ވަނީ ވަރަށް ބޮޑު ލޮޅުމެއް އަރައިފަ އެވެ. ޕާސިއަން ގަލްފާއި ރަތްކަނޑު ފަދަ ނާޒުކު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަނޑުގެ އުޅަނދުތަކަށް ބޭނުންވާ ކާބޯތަކެއްޗާއި މުހިންމު ސާމާނު ފޯރުކޮށްދިނުމަށް، އެ ސަރަހައްދާ އެތައް ހާސް މޭލެއް ދުރުގައި އޮންނަ ފޯޅަވައްސަށް ބަރޯސާވާން ޖެހުމަކީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދުގައި މިސައިލް ހަމަލާތަކެއް
ހަލާލް ޓޫރިޒަމް ފުޅާކުރަން އައިސީސީޑީއާއެކު މަޝްވަރާކުރައްވައިފި
އާއިލީ ބޭފުޅަކު އިސްވެ ބަހައްޓަވައިގެން ރިސޯޓު ވިޔަފާރިއަށް
