މި ފަހުން ވަރަށް ބޮޑަށް ވައިގައި ހިފި "މަނިކޭ މަގޭ ހިތޭ" ލަވައިން މަގުބޫލުކަން ހޯދި ސްރިލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ރާއްޖޭގައި ޝޯ އެއް ދޭގޮތަށް ހަމަޖެހިއްޖެ އެވެ.
ޔޮހާނީ ރާއްޖެއަށް އަންނަނީ ބައިސްކޯފުން އިންތިޒާމު ކޮށްގެން ބާއްވާ "ޗަނާޗާ 2022" ޝޯގައި ބައިވެރިވުމަށެވެ.
ބައިސްކޯފުން ބުނީ މިޝޯ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހުޅުމާލެ ސްޓޭޑިއަމްގަ އެވެ.
ބައިސްކޯފުގެ ޓްވީޓާ އެކައުންޓްގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ޔޮހާނީ ބުނެފައި ވަނީ ރާއްޖެއިން ވަރަށް އަވަހަށް އޭނާ އާ ބައްދަލުވާނެ ކަމަށެވެ.
އުމުރުން 28 އަހަރުގެ ޔޮހާނީ އޭނާގެ މިއުޒިކް ކެރިއަރު ފެށީ ޔޫޓިއުބް ޕާފޯމަރެއްގެ ގޮތުގަ އެވެ.
އޭނާ އަކީ ލަންކާގެ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން ފުރަތަމަ ފަހަރަށް ތިން މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން ހޯދި ލަވަކިޔުންތެރިޔާ ވެސް މެ އެވެ.
ދެ ދަންފަޅިއަކަށް ބަހައިލައިގެން މި ޝޯ ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މި ޝޯ އޮންނާނެ ގަޑިތަކަކީ ހަވީރު 16:00 އިން 6:00 އަށް ރޭގަނޑު 20:00 އިން 12:00 އަށެވެ.
މި ޝޯ ބަލަން ސްޓޭޑިއަމް އަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. 150 ރުފިޔާ އަށް ޓިކެޓް ވިއްކަމުން އަންނައިރު މިހާރުން ފެށިގެން ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ބައިސްކޯފުން ހަމަޖައްސައިދީފަ އެވެ.
ބައިސްކޯފުގެ އިންސްޓަގްރާމު ޕޭޖުގައިވާ ލިންކަށް ގޮސްގެން ޓިކެޓް ގަނެވޭނެ އެވެ.
ޗަނާޗާއަކީ މިއުޒިކް ދުނިޔޭގެ މިހާރު ފުންނާބު އުސް ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ބާއްވާ ޝޯވއެކެވެ. އަދި މިއީ އާޓިސްޓުންގެ އަމިއްލަ އުފެއްދުންތައް ދައްކާލުމަށް މަގުފަހިކޮށްދިމުގެ ބޭނުމުގައި ކޮންމެ އަހަރަކު ބާއްވަން ހުޅުވާލި ޕްލެޓްފޯމެކެވެ.
ނަމަވެސް ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މި ޝޯ ބައްވާފައެއް ނުވެ އެވެ.
މިމަހުގެ 28 ވަނަދުވަހު ދުނިޔޭގަ ހުރި އެމެފުންނާބު އުސް ދީނީއިލްމު ވެރިއާ މުފުތީމެންކުގެ ދަރުސެއް ބާއްވާތި އެދަރުސް އަށް ހުރަސް އެޅުމުގެ ގޮތުން ސުރީލަންކާގެ ލަވަކިއުން ތެރިއާ މަގެހިތޭ މިމަހުގެ 28 ބާއްވަން ހަމަޖެއްސީ މިދަރުސް ހުއްޓުވަންކަން ހަމަޔަގީން ދީނީ ދަރުސް ބާއްވާނަމަ އެދަރުހައް ހުރަސް އަޅާނެ ކޮންމެވެސް ބަޔަކުއިސްވެ ތިބެގެން