ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ ތެރެއިން 182 ޔުނިޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބީއެމްއެލް ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން މާލޭ ސިޓީގައި މިވަގުތު ޖުމްލަ 3,260 ހައުސިން ޔުނިޓް ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެކީ ނިންމައިލެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
މި ހައުސިން މަޝްރޫއުތަކަކީ މާލޭ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު ސިޔާސަތުގެ ބަޔެކެވެ.
ބޮމުގެ އިންޒާރުތަކާއެކު ޔޫރަޕްގެ 25 ފްލައިޓަކަށް ހުރަސްއެޅިއްޖެ
މި މަހުގެ 12 ވާ ބުރާސްފަތި ދުވަސް ބަންދުކޮށްފި
