މި ހިނގާ ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސް މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބަންދުވާ ނޮވެމްބަރު 11 ވާ ބުދަ ދުވަހާއި ހަފުތާ ބަންދާ ދެމެދު އޮތް ހަމައެކަނި ރަސްމީ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ވާތީ ކަމަށެވެ. އަދި މި ނިންމެވުމުގެ މައިގަނޑު ބޭނުމަކީ ހަފުތާ ބަންދާ ގުޅުވައިގެން، މެދުކެނޑުމެއްނެތި ސަރުކާރުގެ މުވައްޒަފުންނަށް ލުއިފަސޭހަކަމާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމަށްވެސް އެ އޮފީހުން ހާމަކުރައްވަ އެވެ.
މި ނިންމެވުމާ ގުޅިގެން، ޖުމްހޫރީ ދުވަހުގެ ޗުއްޓީއަށްފަހު ސަރުކާރުގެ ރަސްމީ މަސައްކަތްތަކަށް އޮފީސްތައް ދެން ހުޅުވޭނީ ހަފުތާ ބަންދު ނިމި، އަންނަ އާދީއްތަ ދުވަހު އެވެ.
ބޮމުގެ އިންޒާރުތަކާއެކު ޔޫރަޕްގެ 25 ފްލައިޓަކަށް ހުރަސްއެޅިއްޖެ
އަންނަ އަހަރުގެ ބަޖެޓް މަސައްކަތް 2 ހަފްތާއިން ނިންމަނީ
ބާލީސް ބާވެ ހަޑިވުން: ސަމާލުވާންޖެހޭ ސަބަބުތަކާއި ހައްލު