ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލަން އުޅުނު ދެ ގައިދީން ހިފަހައްޓައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީން ހިފަހައްޓާފައިވާ ކަމަށެވެ.
ސީޕީ އަހްމަދު ވިދާޅުވީ އެ ހާދިސާ ހިނގިގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން އިތުރަށް ތަކުރާރު ނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމައެއް ނުކުރެ އެވެ. އައްސޭރި ޖަލުގައި ބައިތިއްބާފައި ތިބެނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ.
ޓީ-ޖެޓީ ކައިރިއަށް ދޯންޏެއް ފެތިއްޖެ
ވާނަލް ފޯލްސް: ހަނދާނުން ފޮހެލަން ދަތި ރީތި މަންޒިލެއް!
އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާތަކެއް ދީފި
