ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ހޮލެންޑް ލީޑް ރޯލުން ފެނިގެންދާ ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" ބޮކްސް އޮފީހުގައި އާ ރެކޯޑުތަކެއް ހަދައި، ހޮލީވުޑް ތާރީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ތިންވަނަ ފިލްމުގެ މަގާމު ހޯދައިފި އެވެ.
ރިލީޒްކުރި ފަހުން ވޭތުވި ފަސް ހަފުތާގެ ތެރޭގައި މި ފިލްމުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.33 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.
މިއާއެކު، ޖޭމްސް ކެމަރަންގެ މަޝްހޫރު ދެ ފިލްމު ކަމަށްވާ "އެވެޓާ: ދަ ވޭ އޮފް ވޯޓާ"އާއި "ޓައިޓޭނިކް" ފަހަތަށް ޖައްސާލުމަށްފަހު، މި ފިލްމު ވަނީ ހޮލީވުޑްގެ ޓޮޕް 3 ލިސްޓަށް އަރާފަ އެވެ.
މި ފިލްމު ރިލީޒްކުރި ފަހުން، އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ އެއްވަނައިގައި ޖެހިޖެހިގެން ފަސް ހަފުތާ ވަންދެން އޮތްއިރު، އެކަނި އެ ސަރަހައްދުންވެސް 891 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މާކެޓުތަކުން (ޗައިނާ، ޖަޕާން، އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ޤައުމުތަކުން) 1.44 ބިލިއަން ޑޮލަރު ހޯދާފައިވެއެ ވެ.
މިހާރު ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ގަދަ ތިން ފިލްމަކީ:
- އެވެޓާ - 2.92 ބިލިއަން ޑޮލަރު
- އެވެންޖާސް: އެންޑްގޭމް - 2.79 ބިލިއަން ޑޮލަރު
- ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ - 2.33 ބިލިއަން ޑޮލަރު
މިއީ ސިންގަލް ސުޕަހީރޯ ފިލްމަކުން މިހާތަނަށް ހޯދި މިފަދަ ފުރަތަމަ ކާމިޔާބީ ކަމަށް ވާއިރު، މި ފިލްމު ވެގެންދިޔައީ ސޮނީ ޕިކްޗާސްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަދި އާމްދަނީ ބޮޑު ފިލްމަށެވެ.
އެމެރިކާ އާއި އީރާނުގެ ހަމަލާތަކާއެކު ބޮޑު ހަނގުރާމައެއްގެ ބިރު
ހޮރްމުޒް ކަނޑުއޮޅީގެ ނަން "ޓްރަމްޕް ކަނޑުއޮޅި" އަށް ބަދަލުކުރަނީ
"ޑިޖިޓަލް ޑީޓޮކްސް"އަކުން ސިކުނޑިއަށް ވަނީ ކިހިނެއްކަން އެނގޭތަ؟