ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ފައިޓާ" ރިލީޒްކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފި އެވެ.

"ފައިޓާ" އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ނިންމާފައި ވަނީ މިއަހަރިގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

މި ފިލްމު އެންމެ ފުރަތަމަ އިއުލާންކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި ރިލީޒްކުރާ ގޮތަށެވެ. އެކަމަކު އަދި މިހާތަނަށް ޝޫޓިން ވެސް ނުފަށައި އޮތް ފިލްމު ފަހުން އަންނަ އަހަރުގެ އެ ތާރީހަށް ފަސްކުރި އެވެ. މިއަދު "ފައިޓާ" ގެ އާ ފަސްޓްލުކް ޕޯސްޓަރަކާ އެކީ ބުނީ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި އޮތީ ޖެނުއަރީ 25، 2024 ގައި ކަމަށެވެ.

ރިތިކް އާއި ދިޕިކާގެ އިތުރުން މިފިލްމުގައި އަނިލް ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

"ފައިޓާ" އަކީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެކެވެ. މީތި ހަދަނީ އޭނަގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސް އާއި ވަޔަކޮމް 18 ގުޅިގެންނެވެ.

ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ ރިތިކާއި ޓައިގާ ޝްރޮފްގެ 2019 ގެ "ވޯ" އެވެ.

"ފައިޓާ" އަކީ އޭނައާ އެކީ ރިތިކާއި ދީޕިކާ ވެސް މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. ދީޕިކާ އެންމެ ފުރަތަމަ ކުޅުނު ސިދާތުގެ ފިލްމަކީ 2009 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ. ރިތިކް އެންމެ ފުރަތަމަ ކުޅުނު ސިދާތުގެ ފިލްމަކީ 2014 ގެ "ބޭންގް ބޭންގް" އެވެ.