މަގުބޫލު ވެބް ސީރީޒް "ދަރަކަ" ގެނެސްދިން ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ ދެވަނަ ވެބް ސީރިޒް "މިރާއި" ބައިސްކޯފުން ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

"މިރާއި" އަކީ ކްރައިމް ތުރިލާ ޖޯންރާގެ ސީރީޒެކެވެ. މިސީރީޒްގެ ޓީޒާ ޓްރެއިލާ މިހާރު ބައިސްކޯފުން އާންމުކޮށްފައިވާއިރު މި ސީރީޒްގައި ވެސް ތަފާތު ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާނެ އެވެ.

"މިރާއި" ސީރީޒް އިން ފެނިގެންދާނީ ދިރިއުޅުމުގައި ހެދޭ ގޯސްތަކުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

"މިރާއި"ގެ ޕޯސްޓަރު

"މިރާއީ" ގެ މައިގަނޑު ކާސްޓުންނަކީ ޝަރަފު، ވާޝިޔާ މުހައްމަދު (ޝިޔާ)، ބައެއް ވީޑިއޯ ލަވަތަކާއި އިޝްތިހާރުތަކުން ފެނިފައިވާ މުހައްމަދު އިޝްފާން އަދި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ.

މި ސީރީޒްގެ ބައިސްކޯފުން ގެނެސްދޭން ނިންމިކަން އިއުލާންކުރި ނަމަވެސް ޕްރީމިއާކުރާނެ ސީދާ ތާރީހެއް އަދި ނުބުނެ އެވެ.