ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން "ވުނަދާނަ ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގައި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގެ ގިންތިއަށް ފެތޭ ހުރިހާ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެ ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 70 އަށް ވުރެ ގިނަ ވިޔަފާރިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު 56 ފަރާތަކަށް ދީފައި ވަނީ ފޯމު ހުށަހެޅި ތަރުތީބުންނެވެ.
މި ފެސްޓިވަލް އޮންނާނީ މާދަމާ އާޓިފިޝަލް ބީޗްގަ އެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. މި އިވެންޓް ކުރިއަށްދާނީ ކުޑަކުދިންނާ ގުޅޭ ގިނަ ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކުއެވެ.
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު
އުރްފީގެ ނަން ވެސް އެންމެ ފަހުން ބަދަލު ކުރީތަ؟
ކައުންސިލާއި ކޮމިޓީ އިންތިހާބަށް ޝަރުތުހަމަވީ 2،993 މީހުން
