ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމާއި އިސްލާމީ އިގްތިސާދީ ކުރިއެރުވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްލާމިކް ޗޭމްބާ އޮފް ކޮމާސް އެންޑް ޑިވެލޮޕްމެންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޔޫސުފް ހަސަން ހަލާވީއާއެކު މިއަދު މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސްގެ އަރިހަށް ކުރެއްވި މި އިހްތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ގާބިލުކަން އިތުރުކުރުމާއި، އިންވެސްޓްމެންޓްތައް ފުޅާކުރުމުގެ އިތުރުން ހަލާލް ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުސްހަފެއް ރައީސަށް ހަދިޔާކުރައްވާފަ އެވެ.
އޯއައިސީއާ ގުޅުން އޮންނަ އައިސީސީޑީއާއެކު މި މަޝްވަރާތައް ކުރިއަށް ދިޔައިރު، ރާއްޖޭގައި ހަލާލް ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދެވުމަށްޓަކައި ހާއްސަ ލުއިތަކާއެކު ރަށްތަކެއް ދޫކުރެއްވުމަށް ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ނިންމަވާފަ އެވެ.
އެ ނިންމެވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހު ރިސޯޓު ތަރައްގީކުރަން ހުޅުވާލި 18 ރަށުގެ ތެރޭގައި ހަލާލް ޓޫރިޒަމަށް ހާއްސަ 5 ރަށެއް ހިމެނެ އެވެ. އެއީ ހއ. ބިނާފުއްޓާއި، އެ އަތޮޅު ކަނޑާލިފިނޮޅާއި، ހދ. މަކުނުދޫ ފަރު-1 ގެ އިތުރުން ށ. ފުށިފަރާއި ލ. ފޮނަގާދޫ އެވެ.
ބަރުދަން ލުއި ކުރަން ކުރާ މަސައްކަތުގެ ނަތީޖާ ލަސް ވަނީތަ؟
މައިކަލް ޖެކްސަންގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި
އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދުގައި މިސައިލް ހަމަލާތަކެއް