މާލޭގެ ވޯކްޝޮޕެއްގައި ރޯވެ، މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ.
އަލިފާން ރޯވީ ހެންވޭރު ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގަ އެވެ. އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ.
އެ ހާދިސާގައި ފިހުނު މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ފިހިފައި ވަނީ ކިހާވަރަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ދާދިފަހުން މާލޭގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އެ ހާދިސާގައި 10 ބިދޭސީއަކު ވަނީ މަރުވެފަ އެވެ.
މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި ގަރާޖްތައް ހުރުމުގެ ނުރައްކާތެރިކަން އެ ހާދިސާއިން އެނގުނެވެ. އެކަމަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެފަދަ ގަރާރުތައް ހިންގަން ހުޅުމާލެއިން ބިންދޭން އެޗްޑީސީން ވަނީ ނިންމާފަ އެވެ.
ތުރުކީގެ ކޮފީ: ކޮންމެ ތަށްޓަކުން ސަގާފަތުގެ އެތައް ސަފްހާއެއް!
ފެނަކައިން ކޮންމެ ދެ މަހުން ކޮމިޓީއަށް ރިޕޯޓު ހުށަހަޅަން ބުނެފި
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
