ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރަން އަންގަމުންދާ މައްސަލަ ބޮޑުވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ އާއި ސްޓެލްކޯގެ ބައެއް ބްރާންޗުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމަށްޓަކައި ޕީއެންސީއަށް ސޮއިކުރުމަށް އެ ކުންފުނިތަކުގެ މެނޭޖަރުން ދަނީ މަޖުބޫރުކުރަމުންނެވެ. ހެޑް އޮފީހުގެ އެންގުމަށް ކުރިއަށްގެންދާ މި ހަރަކާތާ ގުޅިގެން މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސޮއިނުކޮށްގެން ވަޒީފާއިން ވަކިކުރާ މައްސަލައިގައި ބައެއް ރަށްރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
މީގެ އިތުރުން އެޗްޑީސީ އާއި މިފްކޯގެ މުވައްޒަފުންނަށް ވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ފަރާތުން ޕާޓީއަށް ސޮއިކުރަން އަންގަމުންދާ ކަން ވަނީ އެނގިފަ އެވެ. އީފާސް މެދުވެރިކޮށް އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން ޕީއެންސީއަށް ރަޖިސްޓާ ކުރުމަށްފަހު، އޭގެ ސްކްރީން ޝޮޓް ބިއުރޯއާ ހިއްސާކުރުމަށް ވެސް މި ކުންފުނިތަކުން ވަނީ މުވައްޒަފުންނަށް އަންގާފަ އެވެ.
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް އަންގަން ފަށާފައި މިވަނީ ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ކަނޑަން ނިންމުމަށްފަހު ކަން ފާހަގަކޮށްލެވެ އެވެ. އެއާއެކު، ޕީއެންސީއަށް ސޮއި ނުކޮށްފިނަމަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ބައެއް މީހުން ދަނީ މަޖުބޫރުން އެ ޕާޓީއަށް ސޮއި ކުރަމުންނެވެ.
ވަޒީފާގެ ބިރުދައްކައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ސިޔާސީ ބައެއް ފަރާތްތަކުން ވެސް ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މެދުއިރުމަތީގެ މައްސަލާގައި ބްރިކްސްއިން ގުޅިފައިވާ ބަޔާނެއް
ބާރަށް ސައިކަލު ދުއްވި ބަޔަކު ޑްރަގަށް ޕޮޒިޓިވްވެ ބަންދުކޮށްފި
މާ ހޫނުކޮށް ސައި ނުވަތަ ކޮފީ ބޯނަމަ ކެންސަރުގެ ނުރައްކާ ބޮޑުވޭ!
ޕެޓިޝަނުގައި މުވައްޒަފުން ސޮއިކުރަން މަޖުބޫރުކުރުވަނީ
"ވަޒީފާގެ ބިރުދައްކާ ކުންފުނިތައް ކުރިމަތީ އިހްތިޖާޖު ކުރާނަން"