ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ 20 ޕަސެންޓް ވޯޓު ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމުގެ ގޮތުން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ނުކުމެ ހުންނެވީ އެމްޑީޕީ އެ ޕާޓީގެ މެމްބަރުންނަށް ހޯދައި ދިނުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ހެޔޮވެރިކަމެއް ކޮށްދިނުމަކީ އެ ޕާޓީގެ އަބަދުވެސް އަމާޒު ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ކުރިމަތިލައްވައިފިނަމަ އެ ޕާޓީއަށް ލިބޭ ވޯޓު މަދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައީސް ސޯލިހަށް ތާއީދު ކުރެއްވިޔަސް އެބޭފުޅުންގެ ރަހުމަތްތެރިންނާއި އާއިލާގެ ބޭފުޅުން ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނުކުމެ މި ހުރީ ރައީސް ސޯލިހަކީ އެމްޑީޕީގެ ކެންޑިޑޭޓަށްވެއްޖެ ނަމަ، މި ޕާޓީގެ ވޯޓުގެ ނިސްބަތަކީ %20 އަށް ވުރެ މަދު އަދަދެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ،" ނަޝީދު ވިދާޅުވިއެވެ.
ފާއިތުވެގެން މިދާ ފަސް އަހަރު ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރަނީ އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ބާކީކޮށްލައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ރައީސް ކަމަށް ކުރިމަތިލައްވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމް އަށް ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންކަމުން އެމްޑީޕީއަށް ކޯލިޝަން ހެދުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކެނެރީގެ ނަޝީދަށް ރައީސް އިބޫ އަށް ވުރެން ގިނައިން އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ލިބޭނީ އެއީ ވޯޓް ލުމާއި އަދި ގުނުމުގައި މަކަރު ހަދައިގެންނޭ އެ ނޫން އެއްގޮތެއްވެސް ނޯންނާނެއޭ ހަގީގަތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ބްރިޖް އެޅުމުގެ އެއްވެސް ގާބިލަ ކަމެއް ނެތް ކައްޕަޅި ކުންފުންޏަކަށް އެކަން ދިނީވެސް އެއީ ސީދާ ކެނެރީގެ ނަޝީދު ބުނެގެން އޭނާ އަށް ކަޓްލިބޭ ގޮތަށޭ ސާބެއޭ އެކަޓާއި ހަވާލުވާ މީހަކީ ރިޔަން ނިވާ ފަށްގަނޑަކަށް ހަދައިގެން މަމެން ދަންނަމޭ ކެބެރީގެ ނަޝީދު ކުރާ ބޮޑެތި ވައްކަން ވަރަށް
ނަޝީދަށް 20% ލިބުނަސް ނަސީބު. ދިވެހިންނަށް ނަޝީދު ދަސްވެއްޖެ!