މާލޭގެ މަގުމަތީގައި ޑްރަގް ވިއްކި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ޑްރަގް ވިއްކަނިކޮށް އެ ވީޑިއޯ އިން ފެންނަ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ 25 އަހަރުގެ ޒުވާނެއް ކަމަށެވެ. ކްރިމިނަލް ކޯޓުން މިހާރު އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަގޮތުގައި 100 ރުފިޔާ ދިއްކޮށްލުމުން ކޮންމެ މީހަކަށް ޕެކެޓެޓެއް މީހަކު ދެއެވެ.

ރާއްޖޭގައި ފާޅުކަންބޮޑުގޮތެއްގައި ޑްރަގްގެ ވިޔަފާރި ކުރާއިރު، މިކަން އެކަށީގެންވާގޮތެއްގައި ނުހުއްޓުވޭ ކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރެ އެވެ.

މި ސަރުކާރު އައިފަހުން ވެސް ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. ނަމަވެސް މުޅި މައްސަލައަށް އެދެވޭ ވަރުގެ ހައްލެއް ގެނެވިފައެއް ނުވެ އެވެ.