ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ޖުމްހޫރީ ޕާޓީން ނިންމާފައި ނުވަނީސް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވަން ނައިބު ރައީސް ފައިސަލް ނަސީމް ނިންމެވުމުން ޖުމްހޫރީ ޕާޓީން ކަންބޮޑުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވިދާޅުވީ އެންމެ ރީތިގޮތަކީ ފައިސަލް ޕާޓީ ދޫކޮށްލެއްވުން ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އެ ބޭފުޅުން އެފަދަ [އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ] ވިސްނުންފުޅު ހުރިއްޔާ ޕާޓީ ދޫކޮށްލައްވާނެ ކަމަށް،" އިލްހާމް ވިދާޅުވި އެވެ.
މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް ވިދާޅުވެފަ އެވެ.
ފައިސަލްގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފަ އެވެ. އޭނާ އަކީ ވެސް ޖޭޕީގެ ސްލޮޓެއްގައި މަގާމް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!

ޖޭ.ޕީއިން ފައިސަލް ރ.ސޯލިހަށް 5އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރީމަ ވާނީ އެހެން