ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނުތާ ހަތަރު ގަޑިއިރުފަހުން ކަރަންޓު ދީފި އެވެ.

ހިޔާގެ އަށް ޓަވަރަކުން ކަރަންޓް ކެނޑުނީ އެޗް 1 އިން އެޗް 8 އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ސްޓެކްކޯއިން ބުނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އެ ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.

ސްޓެލްކޯއިން ބުނީ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާގެ ބަސްބާ ޝޯޓުވުމާ ގުޅިގެން ކަމަށެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުމުގެ ސަބަބުން އެ ފްލެޓްތަކުގައި ދިރިއުޅުނު މީހުން ރޯދަ ވީއްލަން ޖެހުނީ ކަނު އަނދިރީގަ އެވެ.