ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު މި ކޯޕަރޭޝަނުން އަންނަނީ ކޮމިއުނިޓީ ރޯދަވީއްލުމެއް ބާއްވަމުންނެވެ. މި ރޯދަވީއްލުންތަކަކީ އާބަންކޯގެ އެންމެ ބޮޑު އެއް އަމާޒުކަމަށްވާ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެކެވެ.
އެގޮތުން މި އަހަރުގެ ރޯދަވީއްލުން ޚާއްސަކޮށްފައި ވަނީ ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒްމް ސެންޓަރަށެވެ. އާބަންކޯއިން އިންތިޒާމުކުރި މި ރޯދަވީއްލުމުގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނާއި އެކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުން ވަނީ ދައުވަތުދީފަ އެވެ.
މިއަދު ސެންޓްރަލް ޕާކުގައި މި ރޯދަވީއްލުން ބޭއްވި މި ރޯދަވީއްލުމުގެ ކުރިން މި ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ޚާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވާނެ އެވެ.
މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއާނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހެވެ. އަދި މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގަ އެވެ.
އޯޓިޒަމަކީ ކުއްޖާ އުފެދުމުގައި ހުންނަ ޑިސްއޯޑަރ އެކެވެ ނުވަތަ ނިއުރޮލޮޖިކަލް ޑިސްއޯޑާ ނުވަތަ ސިކުނޑި މަސައްކަތްކުރާ ގޮތުގައި ހުންނަ ތަފާތުވުމެކެވެ. އެކި މީހުން މިކަން ތަހަންމަލްކުރާ މިންވަރު ތަފާތުވާތީ އެއަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ވެސް ކިއަ އެވެ.
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
