ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އާބަންކޯއިން ސޮއިކޮށްފި އެވެ. މިއަދު މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރު އަބްދުއްރަހުމާނެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިފަހަރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ޖުމްލަ 35 ޓީމަކުން ބައިވެރިވާ މި ބައިބަލާ ޗެލެންޖު ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ.
މިއީ މި މުބާރާތް ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އާބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު އާބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ކުޅޭ މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމެރިކާގެ އާމީ ސެކްރެޓަރީ އިސްތިއުފާ ދީފި
އައު އިސްލާހާއެކު މަހަކު 10 މިލިއަން ރުފިޔާ ގެއްލޭނެ: އާޒިމް
އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދުގައި މިސައިލް ހަމަލާތަކެއް
