ފިޠުރު ޢީދަކީ އާއިލާ އާއި ރައްޓެހިން އަދި ގާތްތިމާގެ މީހުނާއެކު ވަގުތު ހޭދަކޮށް އުފާފާޅުކުރާ ދުވަސްވަރެއް ކަމާއެކު މިއަހަރު ގެ ފިޠުރު ޢީދު ފާހަގަކުރުމަށް އުރީދޫ މޯލްޑިވްސްއިން ހާއްސަ އޮފާތަކާއެކު ތައާރަފްކޮށްފި އެވެ. އުރީދޫގެ މޯބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު އައު ދެ އެޑް-އޮން ޕެކަކީ 3 ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކް އަދި 30 ދުވަހަށް 70ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކް އެވެ.
މި ހާއްސަ އީދު އޮފާ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ގުޅުވާލަދީ މި ބަރަކާތްތެރި މުނާސަބަތުގެ އުފާވެރިކަން ދުރުގައި ތިބޭ ރައްޓެހިންނާއި ޢާއިލާއާ ޙިއްޞާކުރުމުގެ ފުރުސަތު އިތުރަށް ފަހިވާނެ އެވެ.
100 ޖީބީ ތިން ދުވަހަށް ލިބޭ ޗޫޓީ ޕެކް 100 ރުފިޔާއަށް ލިބޭއިރު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ. ޗުއްޓީ ޕެކް އެކްޓިވޭޓް ކުރެއްވުމަށް:
"100 ޖީބީ" ޖެއްސެވުމަށް ފަހު 5555 އަށް އެސްއެމްއެސް ކުރައްވާ، ނުވަތަ
- *929*1# އަށް ގުޅައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/app ޒިޔާރާތްކޮށްލައްވާށެވެ.
- ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/chutteepack ޒިޔާރާތްކޮށްލައްވާށެވެ.
މަގޭ ޕްލޭން 600 ގެ ޕެކްގައި 30 ދުވަހަށް 70 ޖީބީ 600 ރުފިޔާއަށް ލިބޭއިރު އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން އެކު ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކުންވެސް މި ޕެކް އެކްޓިވޭޓްކޮށްލެވޭނެއެވެ. މަގޭ ޕްލޭން 600 ޕެކް އުރީދޫ އެޕް http://ore.do/app ނުވަތަ ކުއިކް ޕޭ http://ore.do/magey600 މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.
މި އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން އުރީދޫ އީދު ސައި - އީދު ނަމާދަށް ފަހު ކިންގް ސަލްމާން މިސްކިތުގައި ހާއްސަ ނާސްތާއެއް ބޭއްވުމަށް ރޭވިފައިވެއެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން އީދު ހަދިޔާ ބެހުމަށް ރާވާފައިވާކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށާއި އެންމެހައި ލޮބުވެތި މުސްލިމް އަޙުންނާއި އުޙްތުންނަށް ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އެކުންފުނިން އަރުވައެވެ.