މަޝްހޫރު ހޮލީވުޑް ފިލްމީ ތަރި ކްރިސްޓެން ސްޓުއާޓް ބޭނުން ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންއާއެކު ފިލްމު ކުޅެން ކަމަށް ކްރިސްޓެން ބުނެފި އެވެ.

ކްރިސްޓަން ބުނިގޮތުގައި މަސައްކަތް ކުރަން ރަނގަޅު ސްކްރިޕްޓެއް ދޭނަމަ، ބޮލީވުޑްގައި މަސައްކަތް ކުރުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. އަދި އެ ފުރުސަތު ލިބޭނަމަ ފިލްމު ކުޅެން އެންމެ ބޭނުންވަނީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް ކުޅެދީފައިވާ ރިތިކް ރޯޝަންއާ އެކުގައި ކަމަށް ވެސް ކްރިސްޓެން ބުނެފައިވެ އެވެ.

އެގޮތުން ބޮލީވުޑްގެ ހުރިހާ ތަރިންގެ ތެރެއިން ވެސް ރިތިކާއެކު މަސައްކަތް ކުރަން ބޭނުންވާ ސަބަބުތައް ވެސް ކްރިސްޓަން ފާހަގަކޮށްފައިވެ އެވެ. ކްރިސްޓަން ބުނީ، ރިތިކަކީ ވަރަށް ބުރަ މަސައްކަތް ކުރާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ އަކީ ރީތިކަމުގެ މިސާލެއް ކަމަށް ވެސް ކްރިސްޓެން ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ އެކްޓްރެސްއެއްކަމަށްވާ ކްރިސްޓެންއަށް އެންމެ ބޮޑަށް އާންމުންގެ ތެރެއިން މަގުބޫލުކަން ލިބުނީ އޭނާ ކުޅުނު ފިލްމުތައް ކަމަށްވާ "ޓްވިލައިޓް" އިންނެވެ. ހަމައެހެންމެ 2012 ވަނަ އަހަރުން ފެށިގެން ކްރިސްޓެން އަކީ ހޮލީވުޑްގައި އެންމެ އަގުބޮޑުކޮށް ފިލްމު ކުޅެދޭ އެއް ތަރިކަން ވެސް ފާހަގަކޮށްލެވެ އެެވެ.