ކަރަންޓު މީޓަރުގެ ރީޑިން ގެތަކުން ނުނަގާ މިމަހުގެ ކަރަންޓު ބިލި ބޮޑުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ސްޓެލްކޯ އިން ދޮގު ކޮށްފި އެވެ.
މިމަހު ކަރަންޓު ބިލް އައި އިރު އިންތިހާ އަށް ކަރަންޓު ބިލް ބޮޑު ކޮށްފައިވާ ކަމުގެ ޝަކުވާ އާންމުން ވަނީ ކޮސްފައި އެވެ. ހުސްވި މަހަކީ ހޫނު ގަދަ މަހަކަށް ވާއިރު ކަރަންޓު ބޭނުން ކުރި މިންވަރުވެސް ވަނީ ބޮޑުވެފައި އެވެ.
މީޓަރުގެ ރީޑިން ނުނަގަ ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ކަރަންޓު މީޓަރުގެ ރީޑީން ނުނަގާ ކަމަށް އެބުނަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ސްޓެލްކޯއިން އެއްވެސް އިރެއްގައި ބިލާ ބެހޭ ގޮތުން ސައްހަ ނޫން މައުލުމަތެއް ހާމަ ކޮށްފައެއް ނުވާނެ ކަމަށާ ޓެރިފް ރޭޓް އަކީ ސްޓެލްކޯ އިން ކަނޑައަޅާ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ކަރަންޓު ބޭނުން ކުރުމަކީ ސްޓެލްކޯއިން ކޮންޓްރޯލް އެއް އޮންނަ ކަމެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ކަރަންޓު އިގްތިސާދުކުރަން ސްޓެލްކޯއިން ވަނީ އެދިފައި އެވެ. އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގަައި ވެސް އެހެން މަސްތަކާ އަޅާ ބަލާއިރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯ ބުންޏެވެ.