ދޯންޏެއްގައި ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު އަނބުރާ ގެންގޮސްފި އެވެ.
މި މައްސަލައަކީ އޮކްޓޫބަރު 2020 ގައި ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް ފުލުހުން އަތުލައިގަތް މައްސަލައެކެވެ. މި މައްސަލާގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ހާދިސާ ހިނގި އިރު އުމުރުން 16 އަހަރުގެ ކުއްޖަކު ހިމެނުނެވެ. ނަމަވެސް، ޖުވެނައިލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތަށްފަހު، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.
ޖުވެނައިލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ފަހުން ދައުލަތުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ އަނބުރާ ގެންދިއުމަށް އެދިފަ އެވެ. ދައުލަތުގެ އެ އެދުމާ ގުޅިގެން ހައިކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ ބާތިލުކޮށްފަ އެވެ.
މި މައްސަލާގައި ދެން ދައުވާ ލިބުނު މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މީގެކުރިން ހުކުމްކޮށްފަ އެވެ. އެގޮތުން ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމާއި، ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން ގއ. ވިލިނގިލީ ދުންފިނި، އަސީލް މާހިރާއި، ޅ. ހިންނަވަރު ސެލް، އަނަސް ހުސައިން އަދި އިތުރު ދެ ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުވެ، ކޮންމެ މީހަކު 50 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އިއްވި މި ހުކުމް ބަލައިނުގަނެ، ޝަހީބާއި އަހުމަދު މޫސާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި އެ ދެ މީހުންގެ އިސްތިއުނާފީ ޝަރީއަތް ހައިކޯޓުން މިދިޔަ ހަފުތާގައި މިހާރު ވަނީ ފަށާފަ އެވެ.
އައިޒެންކޮޓަށް ފުރަތަމަ ބޮޑުވަޒީރުކަން ދޭން ނަތަންޔާހޫ އެއްބަސް
އުމުރުން 50 އިން މަތިވުމުން މިކަންކަން ގަވާއިދުން ބަލަން ޖެހޭނެ!
ޔަހޫއްޖެ، ރަލެއް، އޫރު މަހެއް ނޫން: މައްސަލައަކީ ޑީލް
ޝަހީބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
ޝަހީބު ޑްރަގް އެތެރެކުރި މައްސަލަ އިސްތިއުނާފުކޮށްފި