ގޭމް އޮން އެކްސްޓްރާ ޕެކް ތައާރަފްކޮށްފަ އެވެ.
މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބޭނެއެވެ. އެންމެ 500 ރުފިޔާ އަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކްއާ އެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓްގެ އެހެނިހެން ބޭނުން ކުރެވޭނެ އެވެ.
ގޭމް އޮން އެކްސްޓްރާ ޕެކް އަކީ ގޭމް ކުޅޭ ފަރާތްތަކާއި ސްޓްރީމިން އަށް ޝައުގުވެރިވާ ފަރާތްތަކަށް އެންމެ ފުރިހަމަ ފަރުމާކުރެވިފައިވާ ޕެކެކެވެ. ގޭމްކުޅެ ސްޓްރީމް ކުރުމަށް ހާއްސަކޮށްފައިވާ 80 ޖީބީ ޑޭޓާ އެލަވަންސް މި ޕެކްގައި ހިމެނެއެވެ. މި ޑޭޓާ ބޭނުން ކުރެވޭނީ ގޭމިން ޕްލެޓްފޯމްތަކަށެވެ.
80 ޖީބީގެ ގޭމިން އަދި ސްޓްރީމިން ޑޭޓާގެ އިތުރުން 20 ޖީބީގެ ރެގިއުލާ ޑޭޓާ ވެސް ހިމެނޭއިރު، އާއިލާ އާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް އިންޓަނެޓް ބްރައުޒް ކޮރުމުގެ އިތުރުން އޮންލައިން އެހެނިހެން ކަންކަމަށް މި ޑޭޓާ ބޭނުންކުރެވޭނެ އެވެ. މުޅި މަހަށް ޖުމްލަ 100 ޖީބީ އާއި އެކު ގޭމްއޮން އެކްސްޓްރާ ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް މި ޢީދު ބަންދަކީ ފުރިހަމަ ބަންދަކަށް ހެދޭނެއެވެ.