ޑީސީ ޔުނިވާސްގެ މަޝްހޫރު ސުޕަހީރޯ "ވޮންޑަ ވުމަން"ގެ ރޯލުން ދެން ފެނިގެންދާނެ އާ ތަރިއަކަށް، އެ ކެރެކްޓަރު މީގެ ކުރިން ކުޅުނު މަޝްހޫރު ހޮލީވުޑް ބަތަލާ ގާލް ގެޑޮޓް ހޫނު މަރުޙަބާއެއް ކިޔައި ހެޔޮ އެދުންތައް ފޮނުވައިފި އެވެ.
ސްކްރީން ރަންޓްއަށް ދިން އިންޓަވިއެއްގައި ގާލް ކަށަވަރު ކޮށްދިން ގޮތުގައި، ޑީސީ ސްޓޫޑިއޯސްގެ މިހާރުގެ ބަދަލުތަކާއެކު އެ ފްރެންޗައިޒްއަށް އައުމާ ބެހޭގޮތުން އެއްވެސް އިތުރު މަޝްވަރާތަކެއް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
އެއާއެކު ސްޓޫޑިއޯއިން އެންމެ ފަހުން ތިންވަނަ ބަޔަކާ މެދު ވާހަކަދެއްކި ހިސާބުން ފެށިގެން އަ ކަމުގައި އިތުރު އެއްވެސް ހަބަރެއް ލިބިފައި ނުވާކަމަށް އޭނާ ފާހަގަކުރި އެވެ.
ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ކެރެކްޓަރާއެކު ކުރިއަށްދާނެ އާ ތަރިއަކަށް ހެޔޮ އެދުންތައް ފޮނުވަމުން ގާލް ބުނީ، އެއީ ގިނަ ބައެއްގެ ލޯތައް އަމާޒު ވެފައިވާ ވަރަށް އާދަޔާޚިލާފު މުހިންމު ކެރެކްޓަރެއް ކަމަށެވެ.
ހަމައެއާއެކު ކުރިއަށް އޮތް ތަނުގައި އެ ރޯލުން ފެންނާނީ ކޮން ތަރިއެއްކަން ނޭނގުނު ނަމަވެސް އެ ތަފާތު ދަތުރުގައި އެ ތަރިއަކަށް އުފަލާއި ކާމިޔާބަށް އެދޭ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ވޮންޑަ ވުމަން ފަދަ ބޮޑު ކެރެކްޓަރެއް ތަމްސީލު ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުުކުރުވެރިވާ ކަމަށާއި، އެ ކެރެކްޓަރު ރަމްޒުކޮށްދޭ ސިފަތަކާ އެކު އޭގެ އުފާ ހޯދާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ 2016 ވަނަ އަހަރު ރިލީޒްކުރި "ބެޓްމޭން ވާސަސް ސުޕަމޭން" އިން ޑައާނާ ޕްރިންސް (ވޮންޑަ ވުމަން) ގެ ރޯލުން ފެނިގެންދިޔަ ގާލް ވަނީ އޭގެ ފަހުން އެ ސިލްސިލާގެ އެކި ފިލްމުތަކާއި ކެމިއޯ ރޯލުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދާފަ އެވެ.
"މަރުވި ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ބެލެވޭ"
ތެލުގެ ސަބްސިޑީ ދެން ލިބޭނީ ރަޖިސްޓްރީ ވެގެން
ރާއްޖޭގައި ބުޅަލަށް ހާއްސަ ރަށެއް ތަރައްގީ ކުރަނީ