މާލޭގެ ވިޔަފާރި ބަނދަރުން ބޯޓަށް ހުސް ކޮންޓެއިނަރުތަކެއް ބަރުކުރަނިކޮށް ބޯޓުގެ ކެރޭންގެ ކޭބަލެއް ކަނޑައިގެން ގޮސް ހާދިސާއެއް ހިނގައިފި އެވެ.
އެމްޕީއެލް އިން ބުނީ އެމްވީ އަލް ބިޑާ ބޯޓަށް ހުސް ކޮންޓެއިނަރުތައް އެރުވުމުގެ މަސައްކަތް ކުރަނިކޮށް، އެ ބޯޓުގެ ކެރޭންގެ ކޭބަލް އެއް ކަނޑައިގެން ދިޔަ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.
މީގެކުރިން މާލޭގެ ވިޔަފަރި ބަނދަރަށް ކޮންޓެއިނަރުތައް ބަރުކުރުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. އެފަދަ ހާދިސާތަކުގައި ބައެއް މީހުން ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން އެ ކުންފުނިން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!
3 މިނިސްޓްރީ އެނދީ ކަރަންޓް ޝޯޓު ވެގެން: އިހުސާން
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
