އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ބުނީ އެ ސްކޫލުން ޕޮޒިޓިވްވެފައި ވަނީ ގްރޭޑް 3ގެ ޓީޗަރެއް ކަމަށެވެ. އަދި ޕޮޒިޓިވްވި ޓީޗަރުގެ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އިތުރު ޓީޗަރުންތަކެއް ކަރަަންޓީން ކޮށްފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
އެޗްއީއޯސީން ބުނީ އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވީ ޓީޗަރާއި ކޮންޓެކްޓުވި ޓީޗަރުން އޭނާއާ ދިމާވެފައި ވަނީ ސްކޫލުން ބޭރުން ކަމަށެވެ. އަދި ސްކޫލްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ވާތީ އެއްވެސް ދަރިވަރަކު ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ސްކޫލުތަކުގައި ފެށީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިނަކާ އެއްގޮތަށެވެ.
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު
"3 އިޑިއަޓްސް" ސީކުއަލްގެ ވާހަކަ ހާމަކޮށްފި