ޖުލައި 14 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ އެންމެ ތާރީޚީ އެންމެ މަގުބޫލު ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސްގެ މީޑިއާނެޓު ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރއެއް ގޮތުގައި ފަވަލަ ހާރޑްވެއަރ ހަމަޖެހިއްޖެއެވެ.
މީޑިއާނެޓު ހެޑް އޮފީހުގައި ބޭއްވި ކަވަރޭޖް ސްޕޮންސަރޝިޕް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައިސް ނެޓްވޯރކްގެ ފަރާތުން ސޮއި ކުރެއްވީ އައިސް ޓީވީގެ ސްޓޭޝަން އިންޗާރޖް މުހައްމަދު އަހްމަދުއެވެ. ފަވަލަ ހާރޑްވެއަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ސްޓްރެޓަޖީ އެންޑް މާރކެޓިންގް އޮފިސަރ އާސިފް ރަޝީދުއެވެ.
ފަވަލަ ހާރޑްވެއަރ އަކީ އެކި ރޭންޖުގެ ފެންވަރު ރަނގަޅު ޕަވަރ ޓޫލްސް، ކަރަންޓާއި ފެންވައިރު ކުރާ ސާމާނު، ކުލަ އާއި ދަވާދު، އެކި ޑިޒައިންތަކުގެ ބޮކި އަދި ގިނަ ބާވަތްތަކުގެ ހާޑްވެއާރ ސާމާނު އެއްތާކުން ލިބެން ހުންނަ ފިހާރައެކެވެ. މާލެ އަދި ހުޅުމާލޭގައި ދާދި ފަހުން ފަވަލަ ހާރޑްވެއަރގެ ފިހާރަތައް ހުޅުވާފައިވާއިރު "ހާހުން ހާރޑްވެއަރ، ހާހުން އިނާމު" ގެ ނަމުގައި އަގުހުރި އިނާމުތަކެއް ލިބޭ ޚާއްސަ ޕްރޮމޯޝަންއެއް އެފަރާތުންދަނީ ކުރިއަށް ގެންދަމުންނެވެ.
މީޑިއާނެޓަކީ މިއަހަރު ކްލަބް މޯލްޑިވްސްގެ ކަވަރޭޖް ޕާރޓްނަރެވެ. އައިސް ނެޓްވޯރކުގެ ޗެނަލްތައް މެދުވެރިކޮށް ޓީވީ އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެއެވެ. މި މުބާރާތުގެ މެޗުތަށް ބަލާލުމަށް ޚާއްސަ ޕެކޭޖުތަކެއް މީޑިއާނެޓުން މިހާރުވަނީ ތަޢާރަފްކޮށްފައެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމު ރަސެލް ކްރޯއާ އެކުގައި!
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
ގިނައިން ފެން ބުއިމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތްތަ؟
