މިވަގުތު ދުނިޔޭގައި ކުޅިވަރު ދާއިރާއިން އެންމެ ބޮޑު މުސާރަ ލިބޭ ފަރާތްތަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ފޯބްސްއިން ބުނެފި އެވެ.

ފޯބްސްއިން ބުނީ މިއީ 2017 ވަނަ އަހަރަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިމަގާމު ލިބުނު ފުރަތަމަ ފަހރު އެވެ. މިމަގާމު މިފަހަރު ރޮނާލްޑޯއަށް ލިބުނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ މެންޗެސްޓަ ޔުނައިޓެޑް ދޫކޮށްލައި، މިހާރު ސައުދީ އަރަބިއްޔާ އަލް ނައްސާރަށް ބަދަލުވުމާއި ގުޅިގެންނެވެ.

ރޮނާލްޑޯ އަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ޖުމްލަ 136 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ސީދާ ފުޓްބޯޅަ އިން އާމްދަނީގެ ގޮތުގައި ލިބުނު 46 މިލިއަން ޑޮލަރާއި ކުޅިވަރުގެ ބޭރު އާމްދަނީގެ ގޮތުގައި ލިބުނު 90 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ސްޕޮންސަޝިޕާއި ހިއްސާވާ ވިޔަފާރިތަކުން ލިބުނު އާމްދަނީ ހިމެނެ އެވެ.

ޮނާލްޑޯގެ ކޮންޓްރެކްޓްގެ އަގު 200 މިލިއަން ޔޫރޯ (220 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑުވާނެ ކަމަށް މީޑިއާތަކުން ވަނީ ލަފާކޮށްފަ އެވެ.

ރޮނާލްޑޯ ވެގެން ދިޔައީ ސައުދީ އަރަބިއްޔާ ބަދަލުވުމުން ދުނިޔޭގެ އެންމެ މުސާރަ ލިބޭ އެތުލީޓަށެވެ

ފޯބްސްގެ ލިސްޓުގައި ދެން ހިމެނުނީ ޕީއެސްޖީގެ ފޯވާޑް އަދި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ އާއި ތިން ވަނައިގައި އޮތީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ.

ރޮނާލްޑޯ، މެސީ، އެމްބަޕާ

ޕީއެސްޖީގެ ފޯވާޑް މެސީއަށް އާމްދަނީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިގެންދާއިރު އެމްބާޕޭ އަށް އާމްދަނީގެ ގޮތުގައި ލިބެނީ 120 މިލިއަން ޑޮލަރު އެވެ.

https://www.facebook.com/GuinnessWorldRecords/posts/653549620140431?ref=embed_post

މިހާރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަސް އެތުލީޓުންގެ ލިސްޓަށް ބަލާ އިރު، ހަތަރު ވަނައިގައި އޮތީ އެމެރިކާގެ ބާސްކެޓް ތަރި ލެބްރޯން ޖޭމްސް އެވެ. އޭނަގެ އާމްދަނީ އަކީ 119 މިލިއަން ޑޮލަރެވެ. ފަސް ވަނައިގައި އޮތީ މެކްސިކޯގެ ބޮކްސިން ތަރި ކަނެލޯ އަލްވަރޭޒެވެ. އޭނަގެ އާމްދަނީ އަކީ 110 މިލިއަން ޑޮލަރެވެ.