އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްގެ މެމްބަރު އަދި ލީޑަރު އާރް އެމްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އާރްއެމްއަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އިސްލާމް ދީނަށް ކުޑައިމީސް ކުރާ ލަވައެއް ކަމުގައިވާ ފްރޭންކް އޯޝަންގެ "ބޭޑް ރިލިޖަން" އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރުމުންނެވެ.

އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ މިލަވައިގައި މާތް ﷲގެ ކަލާމްފުޅު ބޭނުން ކޮށްފައިވަނީ އެފަދަ ކަންން އެއްވެސް ދީނަކުން ހުއްދަ ނުދޭކަން ބުނެދިނުމަށެވެ.

އެއާއެކު ބީޓީއެސްއަށް ސަޕޯޓްކުރާ މުސްލިމް ސަޕޯޓަރުން ދަނީ އެންމެހާ މުސްލިމުންގެ ކިބައިން އާރްއެމް މައާފަށް އެދެން ޖެހޭ ކަމަށް ބުނެ ޓްވިޓާގައި ޚިޔާލު ފާޅު ކުރަމުންނެވެ.

އެހެން ނަމަވެސް ބައެއް ސަޕޯޓަރުން އާރްއެމް ދިފާއުކޮށް އެކަމުގައި އޭނާ މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ވެސް ބުނަމުންދެ އެވެ.

މީގެ ކުރިން ވެސް ކޭޕޮޕްގެ ބައެއް ފަންނާނުން ވަނީ އިސްލާމް ދީނާއި ހިންދޫންގެ ދީނަށް ވެސް އެކިފަހަރު މަތިން ފާޑުކިޔާފަ އެވެ.