ތ. ތިމަރަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެއްޖެ އެވެ.

ފުލުހުން ބުނީ، ތިމަރަފުށި ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެނގިފައިވާގޮތުގައި މިހާދިސާ ހިނގާފައިވާނީ ލޯންޗުގެ ބެޓަރި ބަދަލު ކުރުން އުޅުމުގެ ތެރޭގަ އެވެ.

އަލިފާން ނިއްވުމުގައި އެއާޕޯޓުގެ ފަޔާ ޓީމާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކޮށްފައިވާއިރު، ލޯންޗުގެ 80 ޕަސެންޓު އަނދާފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

މިހާދިސާގައި އެކަކު ވަރަށް ބޮޑަށް ފިހިގެން އަންނަނީ ފަރުވާދެމުންނެވެ. އެއީ ބިދޭސީއެކެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.