ރ. ރުއްތިބިރަށުގައި ރިސޯޓް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އެ ރަށް މިއަދު ބީލަމަށް ލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ރަށް ވެސް ކުއްޔަށް ދެނީ، އާންމު އުސޫލުން 50 އަހަރަށެވެ. އަދި އެ ރަށްތައް ހަވާލުކުރާތާ 36 މަސް ނުވަތަ ތިން އަހަރުގެ ތެރޭގައި ރިސޯޓު ތަރައްގީކޮށް ނިންމަން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބޮޑުމިނުގައި 8.41 ހެކްޓަރު ހުންނަ އެރަށުގައި މަދުވެގެން 100 އެނދު ތަރައްގީކުރަން ވަނީ ހަމަޖެހިފަ އެވެ. އެރަށުގެ ލޭންޑްް އިކުއިޒިޝަން ކޯސްޓަކީ 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ) އެވެ.

ރިސޯޓް ހެދުމުގެ މާލީ ގާބިލުކުރަން ސާބިތުކޮށްދިނުމަށް ދެ މިލިއަން ޑޮލަރު ހުރިކަން ބީލަން ހުށަހަޅާ ފަރާތުން ދައްކަން ޖެހެ އެވެ.

ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ، މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 1ގެ ކުރިން [email protected]އަށް އީމެއިލް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.