ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ނާޗާ ޕްރޮގްރާމް އަލުން ފަށައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކާމިޔާބުކަމާއެކު ނާޗާ ޕްރޮގްރާމް އަލުން ފަށާފައިވަނީ އިއްޔެ އެވެ. މި ޕްރޮގްރާމްގައި ޖުމްލަ 34 ފަރާތަކުން ބައިވެރިވެފައިވެ އެވެ.

މި ނާޗާ ޕްރޮގްރާމްގެ ބޭނުމަކީ ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ އިލްމާއި ސަޕޯޓް ފޯރުކޮައްދީ މައިންބަފައިންނާއި ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ދަރިމައިވެ އިނުމުގައި ދިމާވާ އެކި އެކި ކަންތައްތައް ހިއްސާކޮށް ސަޕޯޓިވް ކޮމިއުނިޓީއެއް އުފެއްދުމެވެ.

މި ޕްރޮގްރާމްގައި ފުރިހަމަކޮއްފައިވާ ސެޝަންތަކުގެ ތެރޭގައި ގާތުން ކިރުދިނުމާއި، ވިހެއުމާއި، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާއާއި، ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި، ރިހުން މެނޭޖްކުރުންހިމެނެ އެވެ.

މި ހުރިހާ ސެޝަންތަކެއް ވެސް ދެއްވާފައިވަނީ އެ ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ ތަޖުރިބާކާރު މެޑިކަލް އެކްސްޕާޓުންނެވެ.

މި ޕްރޮގްރާމް ކޮންމެ މަހަކު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ 24/7 ކޮންޓެކްޓް ސެންޓަރު 3351610 އަށް ގުޅައިގެން، ނުވަތަ މި ލިންކް ބޭނުންކޮށްގެން ރަޖިސްޓާ ކުރެވޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.