މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްގެ ތަރި ޖަންކޫކް ސޯލޯ ވޯލްޑް ޓުއާ ކޮންސެޓެއް ބާއްވަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް އެކަމާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކައިފި އެވެ.

ޖިމީ ފެލަންގެ "ދަ ޓުނައިޓް ޝޯ"ގައި ވާހަކަ ދައްކަމުން ޖަންކޫކު ބުނީ އޭނާގެ އަމިއްލަ ސޯލޯ ވޯލްޑް ޓުއާއެއް ބޭއްވުމަކީ ހުވަފެނެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ބޭނުންވާ ވަރަށް ލަވަ ނެތް ކަމަށެވެ.

"އެހެންވީމަ އަހަރެން އަދި މި މަސައްކަތް ކުރަނީ އިތުރު ލަވަތައް ހަދަން. ވާ ވަރަށް ލަވަ އެއްވީމަ ވޯލްޑް ޓުއާއަކީ ދޭތެރޭ ވިސްނާނަން" ޖަންކޫކު ބުންޏެވެ.

ޖަންކޫކް ސޯލޯ ވޯލްޑް ޓުއާއެއް ބާއްވަން އުޅޭ ކަމަށް އަޑު ފެތުރުނީ އެކަމަށް ކޮންމެވެސް ވަރަކަށް އިޝާރާތްކުރާ ޕޯސްޓަރެއް އާއްމުވުމުންނެވެ.

ޓުނައިޓް ޝޯގައި ޖަންކޫކް ވަނީ އޭނާގެ އެންމެ ފަހުގެ ލަވަ ކަމަށްވާ "ސްޓޭންޑިން ނެކްސްޓް ޓު ޔޫ" ލައިވްކޮށް ހުށައަޅައިދީފަ އެވެ.

ބީޓީއެސްގެ އެހެން މެމްބަރުން އަސްކަރީ ހިދުމަތް ފުރިހަމަ ކުރަމުން ދާއިރު ޖަންކޫކް އަންނަނީ އޭނާގެ ސޯލޯ ކެރިއަރުގެ މަސައްކަތް ކުރަމުންނެވެ.