ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެގެން ޑީޕޯޓުކޮށްފައިވާ ބިދޭސީއަކު އަލުން އަނބުރާ ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި، މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަންގެ މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ، ހައްޔަރުކުރި މީހާގެ ވަނަވަރާއި މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނުގަވާއިދުން އުޅޭ ބިދޭސީންނަށް އެހީތެރިވެދީ، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމުގައި ނާޖާއިޒު މަންފާ ހޯދާ ކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވިފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ވަރުގަދަ ހަރަކާތްތަކެއް ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ދަށުން ގިނަ އަދަދެއްގެ ބިދޭސީން ދެނެގަނެ ފިޔަވަޅު އަޅަމުންދާއިރު، ހަމައެކަނި މިދިޔަ ބުދަ ދުވަހު ވެސް ގަވާއިދާ ހިލާފަށް އުޅުނު 43 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މޫސުން ބަދަލުވާއިރު ހުޅުތަކުގައި ރިއްސަނީ ކީއްވެ؟ މިއޮތީ ސަބަބު!
ޕާކިސްތާނުގެ ޑްރާމާއާއެކު ނެޓްފްލިކްސްއަށް އިންޑިއާގެ އިންޒާރެއް!
ހުއްދަ ނެތި އިލެކްޓްރޮލައިޓްސް ބުއިންތައް ވިއްކުން މަނާކޮށްފި
ޑީޕޯޓްކޮށްލި ބިދޭސީއަކު ދައުވާކުރުމުން ފިޔަވަޅުތައް އުވާލައިފި
ތޮއްޑޫއިން 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް