ކޮވިޑް ވެންސިން ޖަހަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބާއްވާ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ބާއްވާ ރަސްމިއްޔާތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ދޭން ފެށުމަށް މިހާރުވަނީ ތައްޔާރުވެފަ އެވެ. މިގޮތުން މާލެ ސަރަހައްދާއި، ކުޅުދުއްފުއްޓާއި އައްޑޫގައި ވެކްސިން ދޭން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ދޭން ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ ދިނީ ޖެނުއަރީ 26 ގަ އެވެ. އޮކްސްފޯޑް އެސްޓްރާޒެނެކާގެ މި ވެކްސިންދޭން ހުއްދަ ދީފައި ވަނީ އިމަޖެންސީ ހާލަތްތަކުގަ އެވެ. މިގޮތުން އެންމެ ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ހަައިރިސްކް ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށެވެ. އެހެނަސް، މާބަނޑު މީހުންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ނުޖަހާނެކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެ އެވެ.
ކޮވިޑް ވެކްސިން ޖަހަން ފެށުމާ ގުޅޭގޮތުން ރައީސް ސާލިހް އިއްޔެ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުގެ "ދުއާއަކީ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކޮށްދެއްވުން" ކަމުގައިވަނީ ވިދާޅުވެފަ އެވެ.